ދެކުނު ކޮރެޔާ 1-0އިން ބަލިކޮށް، ދެކުނު އެފްރިކާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
މި ދެ ގައުމު މިއަދު ކުޅެ ނިމުނު މެޗުގެ ހަމައެކަނި ގޯލު ޖެހީ 63 ވަނަ މިނިޓްގައި މަސޭކޯ އެވެ. މިއީ ދެކުނު އެފްރިކާ ވޯލްޑް ކަޕުގެ ތާރީހުގައި ވެސް އެ ގައުމު މުބާރަތުގެ ދެ ވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ދެ ވަނަ ބުރަށް ދިޔައީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އެވެ. އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގައި ކުޅޭ މުބާރާތުގައި މިއަދު މެކްސިކޯއިން ޗެކިޔާ ބަލިކުރީ 3-0އިންނެވެ.
މިއާއެކު މި ގްރޫޕުގެ ދެ ވަނަ ދެކުނު އެފްރިކާ އަށް ލިބުނޫ ހަތަރު ޕޮއިންޓުންނެވެ. ކޮރެޔާ ތިން ވަނަ އަށް ދިޔައީ ތިން ޕޮއިންޓާއެކުގަ އެވެ. ޗެކިޔާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
މުބާރާތުގެ ކޮންމެ ގްރޫޕަކުން ތިން ވަނަ ހޯދާ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން ކޮރެޔާ އަށް ދެ ވަނަ ބުރަށް ދެވިދާނެ އެވެ. ނަމަވެސް އެކަން ކަށަވަރުވާނީ ހުރިހާ ގްރޫޕެއްގެ މެޗުތައް ކުޅެ ނިމުމުންނެވެ. މިވަގުތު ތިން ވަނަ ޓީމުތަކުގެ ރޭންކިންގައި ކޮރެޔާ ވަނީ ތިން ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ. އެއީ ބޮސްނިއާ އާއި ސްވިޑްން އަދި ކްރޮއޭޝިޔާގެ ފަހަތުންނެވެ.