ޚަބަރު

އައިވަރީ ކޯސްޓް ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ދެވަނަ ބުރަށް


ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް ސްޓޭޖުގެ ޖާގައެއް އައިވަރީ ކޯސްޓް އިން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

އައިވަރީ ކޯސްޓް އިން މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް އީ ގެ ފަހު މެޗުގައި ރޭ ކުރަސާއޯ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި 65 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އައިވަރީ ކޯސްޓް އިން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިކޮލަސް ޕެޕޭ އެވެ. މިއީ ފީފާ ވޯލްޑްކަޕްގެ ތާރީޚުގައިވެސް އެ ގައުމު މި މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

އެފްރިކާގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ އައިވަރީ ކޯސްޓް މި މުބާރާތުގެ ދެވަނަ ބުރުގައި ކުޅޭނީ ފްރާންސް އާއި ނޯވޭ މިރޭ ބައްދަލުކުރާ މެޗަށްފަހު ގްރޫޕްގެ އައި ގެ އެއްވަނަ ހޯދާ ޓީމަކާއި ދެކޮޅަށެވެ.

މި ނަތީޖާ އާއިއެކު އައިވަރީ ކޯސްޓަށް ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ މަގާމް ލިބިފަ އެވެ. ކުރަސާއޯ އަށް ލިބިފައިވާ 1 ޕޮއިންޓާއެކު އެ ޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ. މި ގްރޫޕްގެ އެއްވަނަ އަށް ގޮސްފައިވަނީ ޖަރުމަން އެވެ.