ކުޅިވަރު

ފިރިހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ އަފުން ޓީމް ހޯދައިފި


ފުވައްމުލަކު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ އަފުން ޓީމް ކަށަވަރުކޮށްފިއެވެ.

 ސެމީފައިނަލް ފުރަތަމަ މެޗްގައި އައްޑޫ ސިޓީ މީދޫ ޓީމާ ވާދަކޮށް އަފުން ޓީމް މެޗް މާކިޔާބުކުރީ ތިންސެޓް އެއްސެޓުންނެވެ. މެޗްގެ ފުރަތަމަ ދެސެޓް އަފުން ކާމިޔާބުކުރީ 14-25 އަދި 19-25 އިންނެވެ. ޖެހިގެން އައި ތިންވަނަ ސެޓް މީދޫ ވޮލީޓީމް ކާމިޔާބުކުރީ 20-25 އިންނެވެ. ފައިނަލްގެ ޖާގަ އަފުން ޓީމް ކަށަވަރުކުރީ ވާދަވެރި ކަމާއެކު ކުޅުނު ހަތަރުވަނަ ސެޓް 24-26އިން ކާމިޔާބުކޮށްގެންނެވެ.

 މިމެޗްގެ މޮޅު ކުޅުންތެރިއަކީ އަފުން ޓީމްގެ އިސްމާޢީލް ސާޖިދުއެވެ. މިމުބާރާތުގައި މިރޭ ކުޅޭނީ ފިރިހެން ޑިވިޝަންގެ ސެމީފައިނަލް ދެވަނަ މެޗެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ނަގަނަމަގޯއާއި ފިސްޑާއެވެ. މިމެޗްވެސް ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.