ފުވައްމުލަކު ވޮލީ ބޯޅަމުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެފަހުގެ ޗެމްޕިއަން ފިސްޑާ ބަލިކޮށް މީދޫވޮލީ ޓީމް ފައިނަލަށް ދަތުރުކޮށްފިއެވެ.
އައްޑޫ ސިޓީ މީދޫ ވޮލީޓީމް ފައިނަލަށްދަތުރުކުރީ ތިންސެޓް އެއްސެޓުން ޗެމްޕިއަން ފިސްޑާ ބަލިކުރުމަށްފަހުއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައިވެސް މިދެޓީމް ވާދަކުރަން ޖެހުނެވެ. އެމެޗްވެސް ހަމަ މި ނަތީޖާއިންކާމިޔާބުކުރީ މީދޫ ވޮލީ ޓީމެވެ.
މެޗްގެ ފުރަތަމަ ސެޓް މީދޫ ޓީމް ކާމިޔާބުކުރީ17-25 އިންނެވެ. ދެވަނަ ސެޓް ފިސްޑާ ކާމިޔާބުކުރީ 21-25 ހުންނެވެ. ޖެހިގެން އައި ދެސެޓް މީދޫ ޓީމް ކާމިޔާބުކުރީ 18-25 އަދި 14-25 އިންނެވެ. ފައިނަލް މެޗްގައި މީދޫ ޓީމް ވާދަކުރަންޖެހޭނީ އަފުން ޓީމާއެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ކުޅުމަށް ހަޖެހިފައިވަނީ ހުކުރުދުވަހު ހަވީރު ހަތަރެއްޖަހާއިރުއެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗް ކުޅުމަށްހަމަޖެހިފައިވަނީ މާދަމާރޭ އަށްގަޑި ތިރީހުގައެވެ. މިމެޗްވެސް ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.