ޚަބަރު

ލޯނު އެއްބަސްވުމެއްގެ ދަށުން ގަނާޗޯ ވިލާ އަށް


ޗެލްސީގެ ފޯވަޑް އަލެހަންދްރޯ ގަނާޗޯ ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާއަށް ބަދަލުވެއްޖެ އެވެ.

2027/2026 ގެ ސީޒަނުގެ ނިޔަލަށް ގަނާޗޯ ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާއަށް ބަދަލުވިއިރު އޭނާގެ މުސާރަ ދޭނީ އެސްޓަން ވިލާ އިންނެވެ. އަދި 2028 ވަނަ އަހަރުގެ ޖެނުއަރީ ޓްރާންސްފަރ ގައި ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ގަތުމުގެ ފުރުސަތު އެސްޓަން ވިލާއަށް ލިބިގެންދާނެ އެވެ.

އުމުރުން 22 އަހަރުގެ ގަނާޗޯ ޗެލްސީ އާއި ގުޅިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު 40 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީ އަކަށް މެންޗެސްޓަރ ޔުނައިޓެޑް އިންނެވެ.

ޗެލްސީ އިން ގަނާޗޯ ވިއްކާލާފައިވާއިރު އެސްޓަން ވިލާގެ އިނގިރޭސި ފޯވަޑް މޯގަން ރޮޖަރސް ވަނީ އިންގްލޭންޑްގެ ރެކޯޑް ފީއެއް ކަމުގައިވާ 117 މިލިއަން ޕައުންޑްގެ ފީ އަކަށް ޗެލްސީ އާއި ގުޅިފަ އެވެ.

ގަނާޗޯ އެސްޓަން ވިލާ އާއި ގުޅިފައިވާއިރު ކުރިއަށް އޮތް ސީޒަނަށް އެ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތުގެ ދަށުން ސްވިޒަލޭންޑްގެ ޔޮހާން މަންޒަމްބީ އާއި ޖޮއާއޯ ގޯމޭޒްގެ އިތުރުން މޯޑޯ ކެބާ ސީސޭ ވެސްވަނީ އެސްޓަން ވިލާއަށް ސޮއިކޮށްފަ އެވެ.