ޚަބަރު

އާން އަދި ލޫޠު ޤައުމީ ރެކޯޑް އައުކޮށްފި


  • ސްވިމިން ޓީމު ކޮމަންވެލްތު ގޭމްސް ފެށީ ޤައުމީ ރެކޯޑުތަކަކާއެކު

  • ކޮމަންވެލްތު ގޭމްސް ކުރިއަށްދަނީ ސްކޮޓްލޭންޑްގެ ގްލާސްގޯގައި

ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް، ލޫޠު މުހައްމަދު ހުސައިން އައުކޮށް، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އާން ޙުސައިން އައުކޮށްފިއެވެ.

މި ދެ އެތްލީޓުން ޤައުމީ ރެކޯޑް އައުކޮށްފައިވަނީ ސްކޮޓްލޭންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްގެންނެވެ.

އެގޮތުން ލޫޠު ޤައުމީ ރެކޯޑް އައުކޮށްފައިވަނީ 01:10:63 އިން އިވެންޓް ނިންމައިގެންނެވެ.

މި ރެކޯޑް ކުރިން ދަމަހައްޓަމުން އައީވެސް ލޫތެވެ. އޭނާ އެ ރެކޯޑް ހަދާފައިވަނީ މިދިޔައަހަރު ރޮމޭނިޔާގައި ބޭއްވި 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ޗެންޕިއަންޝިޕުގައި ވާދަކޮށް 01:10:95 އިން ރޭސް ނިންމައިގެންނެވެ.

އާން ޤައުމީ ރެކޯޑް އައުކޮށްފައިވަނީ 29.18 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެފަހުވެސް އައުކޮށްފަވަނީ އާންއެވެ. އެއީ 2024 ވަނަ އަހަރު ފިލިޕީންސްގެ ނިއު ކްލާކް ސިޓީގައި ކުރިއަށްދިޔަ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެންޕިއަންޝިޕުގައި ވާދަކޮށް 29.51 އިން ރޭސް ނިންމައިގެންނެވެ.