ޚަބަރު

ރިހާން ވެސް ފެތުމުގެ ޤައުމީ ރެކޯޑު އައުކޮށްފި


  • ރިހާން އައުކުރީ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު

ރާއްޖޭގެ ޒުވާން ފެތުންތެރިޔާ ރިޙާން ޝިހާމް، ފެތުމުގެ ޤައުމީ ރެކޯޑެއް އައުކޮށްފިއެވެ.

ރިހާން އައުކޮށްފައި ވަނީ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑެވެ. އޭނާ މި ރެކޯޑު އައުކޮށްފައި ވަނީ، ބަޚްރައިން ކަޕް 2026ގައި މި އިވެންޓުގައި ވާދަކޮށްގެންނެވެ.

ރިޙާން މި ރެކޯޑް އައުކޮށްފައިވަނީ 05.11.03 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މި ރެކޯޑް އެންމެފަހުން ވެސް އާކޮށްފައިވަނީ ރިހާން އެވެ. އެއީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސް ގައި 05.14.03 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑް، ލޫޠު މުހައްމަދު ހުސައިން އައުކޮށް، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑް އާން ޙުސައިން ވަނީ އައުކޮށްފައެވެ.

މި ދެ އެތްލީޓުން ޤައުމީ ރިކޯޑް އައުކޮށްފައިވަނީ ސްކޮޓްލޭންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްގެންނެވެ.

އެގޮތުން ލޫޠު ޤައުމީ ރިކޯޑް އައުކޮށްފައިވަނީ 01:10:63 އިން އިވެންޓް ނިންމައިގެންނެވެ. އާން ޤައުމީ ރިކޯޑް އައުކޮށްފައިވަނީ 29.18 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.