ކުޅިވަރު

މިހާރު އޮތް ސްކޮޑުން ބަޔާނަށް ކާމިޔާބު ހޯދެންވާނެ: ސްޕޯޓިން ޑިރެކްޓަރު


ބަޔާން މިއުނިކްގައި މިހާރު އޮތް ސްކޮޑުން އެކުލަބަށް ކާމިޔާބު ހޯދެންވާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

ސްޕޯޓިން ޑައިރެކްޓަރު ކްރިސްޓޯފް ފޯޑް މިހެން ބުނީ އައު ސީޒަނަށް ތައްޔާރުވާން ކުޅުނު ފުރަތަމަ ޕްރެކްޓިސް މެޗުން ބަޔާން ބަލިވުމުންނެވެ.

ޖަރުމަނުގެ ޗެމްޕިއަން ޓީމަށް މި ސީޒަނަށް އަލަށް ގެނައީ ދެ ކުޅުންތެރިންނެވެ. އެއީ ވޯލްޑް ކަޕުގައި މޮރޮކޯ ޓީމުން ވިދާލި އިސްމާއީލް ސައިބާރީ އާއި ނެތަނިއަލް ބްރައުން އެވެ.

"އަހަރުމެން ނުވިސްނަން އިތުރު ކުޅުންތެރިން ގެންނަން. މިހާރު އޮތީ ކާމިޔާބު ހޯދޭ ފެންވަރުގެ ސްކޮޑެއް. މިއީ އަދި ސީޒަނަށް ތައްޔާރުވާން ކުޅުނު މެޗެއް. އަހަރުމެން ދެކޭ ގޮތުގައި މިހާރު އޮތީ ޗެމްޕިއަންސް ލީގަށް ވެސް ވާދަ ކުރެވޭ ވަރުގެ ސްކޮޑެއް،" ކްރިސްޓޯފް ބުންޏެވެ.

އޭނާ ބުނީ އިތުރު ކުޅުންތެރިން ގެނެސް ބަޔާންގެ ޓީމު ބޮޑު ކުރަން ނުވިސްނަނީ މޮޅު ކުޅުންތެރިން ތިބުމާއި ޓީމުގެ ހަރަދުތައް އެއް މިންވަރެއްގައި ހިފަހައްޓަން ކަމަށެވެ.

ބަޔާންގެ ޓީމުގައި މިހާރު ވެސް ތަރިން އެބަތިއްބެވެ. އޭގެ ތެރޭގައި ކޮލޮމްބިއާގެ ލުއިސް ޑިއާޒް އާއި އިނގިރޭސި ކެޕްޓަން ހެރީކޭން އާއި ފްރާންސްގެ މައިކަލް އޮލީސޭ އާއި ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ އާއި ކެޕްޓަން ހޯޝުއާ ކިމިޗް ފަދަ ކުޅުންތެރިން ހިމެނެ އެވެ.