ކުޅިވަރު

ޒެފްރޯލް ބަލިކޮށް ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނަށް


ޒެފްރޯލް ބަލިކޮށް ކްލަބް ގްރީން ސްޓްރީޓް ފުރަތަމަޑިވިޝަނުން ޖާގަ ހޯދައިފިއެވެ. 

ދެވަނަ ޑިވިޝަން ފައިނަލްގައި ރޭ ޒެފްރޯލްގެ މައްޗަށް ގްރީން ސްޓްރީޓް ކުރިހޯދީ 5 ލަނޑު 2 ލަނޑުންނެވެ. މެޗްގައި ދެފަހަރެއްގެ މަތިން ޒެފްރޯލް ލީޑްވެސް ނެގިއެވެ. ލިބުނު ހިލޭ ޖެހުމަކުން މެޗްގެ ވަރަށް ކުރީކޮޅު ޒެފްރޯލަށް ފުރަތަމަފަހަރަށް ލީޑް ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ޔެންޖަސްއެވެ. ގްރީންސްޓްރީޓަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިސްމާޢީލް ޝިޔާހްއެވެ. ދެވަނަ ހާފްގެ ވަރަށްކުރީކޮޅު ދެވަނަ ފަހަރަށް ޒެފްރޯލަށް ލީޑް ނަގައިދިނީވެސް ޔެންޖަސްއެވެ. ގްރީންސްޓްރީޓަށް ދެވަނަފަހަރަށް އެއްވަރު ކޮށްދިނީ މެޗްގައި މޮޅު ކުޅުމެއް ދެއްކިޝިނާޒް ހިލްމީއެވެ. ކުރިން ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ޝިނާވަނީ މިމެޗްގައި 2 ލަނޑު ކާމިޔާބުކޮށްފައެވެ. ގްރީން ސްޓްރީޓްގެ 4 ވަނަ ލަނޑު ކާމިޔަބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަޙްމަދު ރިފްޝާންއެވެ. މެޗްގެ އިތުރުވަގުތުގައި ގްރީން ސްޓްރީޓްގެ 5 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމްރިޒްވާނެވެ. ދެވަނަ ޑިވިޝަންގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ އަބޫ ޑެސްމަން މަންސާރީއެވެ. މުބާރާޓުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އަބޫއެވެ. އެންމެ މޮޅު ގޯލް ކީޕަރަކީ ގްރީން ސްޓްރީޓްގެ ގޯލް ކީޕަރ ވާލިދެވެ. 

ގްރީންސްޓްރީޓް ފުރަތަމަ ޑިވިޝަނުން ޖާގަ މިހޯދީ ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރ ޞަބާޙް މުޙައްމަދުގެކޯޗް ކަމުގެ ދަށުންނެވެ. މިމެޗުން ޒެފްރޯލް ބަލިވިނަމަވެސް ޕްލޭ އޮފްގައި ކުޅޭދެމެޗުން ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިގެން ޒެފްރޯލަށްވެސް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދޭނެއެވެ.