ފަރަށް އެރި ދޯނީގައި ތިބި 6 މީހުން ސަލާމަތުން ނޮޅިވަރަންފަރަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ހދ.ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށް އެރި "އުރަފާ" ޑައިވިންގ ދޯނީގައި ތިބި މީހުން ސަލާމަތްތެރިކަމާ އެކު، ނޮޅިވަރަންފަރަށް ގެންދިޔައީ އެރަށު ޑިންގީއެއްގައިކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ "އުރަފާ" ނަމަކަށްކިޔާ ޑައިވިންގ ދޯނި ފަރަށް އަރާފައިވަނީ ހދ.ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށްކަމަށެވެ.
އެދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ހަރަކާތްތެރިވެފައެވެ.