ކުޅިވަރު

ޖަރުމަން ކަޕްގެ ގަދަ ސޯޅަޔަށް ބަޔާން މިޔުނިކް


އޮއުސްބާރގް މައްޗަށް ކުރި ހޯދާ ޖަރުމަން ކަޕްގެ ގަދަ ސޯޅަޔަށް ބަޔާން މިޔުނިކް ދަތުރުކޮށްފިއެވެ.

 ރޭ ބަޔާންގެ ދަނޑުގައި ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ ތިން ލަނޑު އެއް ލަނޑުންނެވެ. މެޗްގައި ބަޔާންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފިލިޕް ލާމްއާ ގްރީން އަދި އަލަބާއެވެ. އޮއުސްބާރްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޖި ޑޮންގ ވޮންއެވެ. މެޗްގައި އޮއުސްބާރގްއަށް ލިބުނު ޕެނަލްޓީއެއް ބަޔާންގެ ކީޕަރު މެނުއަލް ނޯޔާރ ވަނީ ދިފާޢުކޮށްފައެވެ. 

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު ބަޔާންމިޔުނިކްގެ ޑިފެންޑަރ ހޮލްގަރ ބަޑްސްޓުބަރ ވަނީ ރޭގެ މެޗްގައި ކުޅެން ނުކުމެފައެވެ. ބަޑްސްޓުބަރ އަށް އަނިޔާވެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.