ޚަބަރު

ކުރީގެ ރައީސުން ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި


  • ރައީސް މައުމޫންއާއި ރައީސް ޞާލިހު ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައި

މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބައެއް ބޭފުޅުން ތަހުނިޔާ ފޮނުއްވައިފިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ އިޚްލާޞްތެރި ހެޔޮ އެދުންތައް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ދަންނަވަނީ ނުހަނު އުފަލާއެކުކަމަށެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް ވަނީ ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ހަގީގީ ޤައުމިއްޔަތަކީ ޤައުމުގެ ސިޔާދަތާއި، ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަމާއި، ދީމުޤްރާތީ ހަމަތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުންކަމަށެވެ.

ރައީސް ޞާލިހުގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވާފައެވެ.

ކުރީގެ ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް ވަނީ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި ދިވެހި އެންމެހައި ރައްޔިތުންނަށް އަރިސްކުރަައްވާފައެވެ.