ޚަބަރު

އިންޑޮނޭޝިއާއަށް އައި ބިންހެލުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ


  • އިންޑޮނޭޝިއާއަށް 2 ބިންހެލުމެއް ވަނީ އައިސްފައި

  • މިހާތަނަށް 38 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

އިންޑޮނޭޝިއާއަށް އައި ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ރައީސަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

އިންޑޮނޭޝިއާގެ ރައީސް ޕްރަބޮވޯ ސުބިއަންޓޯއަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށާއި ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ފޮނުއްވާ ކަމަށް ވިދާޅުވެފައެެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ގެއްލުން ލިބުނު ފަރާތްތަކާއި އެ ޤައުމުގެ ރައްުޔިތުންނާއެކު ދިވެހީން ތިބިކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސް ވަނީ ބިންހެލުމާ ގުޅިގެން މީހުން ސަލާމަތްކުރުމުގައި ކެނޑިނޭޅި ހަރަކާތްތެރިވަމުންދާ ފަރާތްތަކުގެ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެ ޤައުމުގެ ރައްޔިތުން ހެޔޮ ސިއްޙަތެއްގައި ލެހެއްޓެވުމަށް ދުޢާ ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު އިންޑޮނޭޝިއާއަަށް 2 ބިންހެއްލުމެއް ވަނީ އައިސްފައެވެ. އެގޮތުން ފަތިހުގެ ވަގުތެއްގައި ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން، އެ ގައުމުގެ ޖިއޯފިޒިކްސް އޭޖެންސީ (ބީއެމްކޭޖީ) އިން ސުނާމީގެ އިންޒާރެއްވެސް ނެރުނެވެ.

ޖާމަން ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސަސް (ޖީއެފްޒެޑް)އިން ހާމަކޮށްފައިވާ ގޮތުގައި، ދެވަނަ ބިންހެލުން އައިސްފައިވަނީ ބިމުގެ 158 ކިލޯމީޓަރު (98.18 މޭލު) އަޑިން، ރިކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައެވެ.

މި ބިންހެލުމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ، ސުމާތުރާގެ ވެރިރަށް މެޑާންގެ ދެކުނުއިރުމަތިން ގާތްގަނޑަކަށް 126 ކިލޯމީޓަރު ދުރުގައިވާ ޕެމަތަންގްސިއަންތާރް އަށެވެ. މި ބިންހެލުމުގައި މިހާތަނަށް 38 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.