ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ "ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް" އެމްޑަބްލިއުއެސްސީގެ އިސްވެރިން ފުރިހަމަކޮށްފިއެވެ.
"ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް"އަކީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި، އަޚުލާޤާއި، ސްޓްރެޓީޖިކް ވިސްނުމުގެ އިތުރުން ސާބިތުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.
އެމް. އެން. ޑީ. އެފް. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ "ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް" އެމްޑަބްލިއުއެސްސީގެ އިސްވެރިން ކާމިޔާބުކަމާއެކު ފުރިހަމަކޮއްފި.
— Hussain Fahmy (@HussainFahmy09) August 16, 2026
މިއީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި، އަޚުލާޤާއި، ސްޓްރެޓީޖިކް ވިސްނުމުގެ އިތުރުން ސާބިތުކަން… pic.twitter.com/An1fODSfzw
ފަހުމީ ވިދާޅުވީ މި ޕްރޮގްރާމުން ޙާސިލުކުރެވުނު ޢިލްމާއި ތަޖުރިބާގެ އަލީގައި ކުންފުނީގެ ނިންމުންތައް އިތުރަށް ހަރުދަނާވެ، މަސައްކަތުގެ މާޙައުލުގައި ޓީމުތަކުގެ ޤާބިލުކަން އިތުރުވެ، މުސްތަޤުބަލަށް ތައްޔާރުވެފައިވާ ލީޑަރުންތަކެއް އުފެދިގެންދާނެކަމަށެވެ. މީގެ ސަބަބުން ކުންފުނީގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވަނީ ޤައުމަށް ބޭނުންތެރި، ޤާބިލު ލީޑަރުން ބިނާކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމާއި، ދިފާޢީ ވަޒީރު އަދި އެމްއެންޑީއެފްގެ ލީޑަރޝިޕުން ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.