ކިހާދޫގެ ކަރަންޓުގެ ޚިދުމަތް ޔަގީންކަން ކަށަވަރުކުރުމަށް 400 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް ކޮމިޝަންކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ ބ. ކިހާދޫގެ ކަރަންޓުގެ ޚިދުމަތާ އެ ކުންފުނިން ހަވާލުވެ، ޚިދުމަތް ދެމުންގެންދިޔަ 3 ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯވޮޓްގެ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ރަށުން ކަރަންޓު ކެނޑުމުގެ ފުރުޞްތު އޮތުމުން ހިދުމަތުގެ ޔަގީންކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފައިވާކަމަށްވެެ.
އެގޮތުން، 24 ގަޑިއިރުގެ ތެރޭގައި 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ކިހާދޫއަށް ގެންގޮސް، އެ ޖަނަރޭޓަރު ކޮމިޝަން ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އެކުންފުނިން ވިދާޅުވިއެވެ. މި ޖަނަރޭޓަރު ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު، ކިހާދޫގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވެ، އިތުބާރު ބޮޑުވެގެންދާނެކަމަށްވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.
ކުންފުނިތަކުގެ ހިންގުމުގެ ސިޔާސަތަށް ސަރުންކާރުން ގެންނެވި ބަދަލުތަކާއެކު ފެނަކައިގެ ދަށުން ޚިދުމަތް ދޭ ބ.އަތޮޅާއި، މ.އަތޮޅާއި، ޅ.އަތޮޅުގެ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.
އެއާއެކުއެކުންފުނީގެ ދަށަށް ބަދަލުކުރި އިތުރު ރަށްރަށުގެ ކަރަންޓު ޚިދުމަތުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް ސްޓެލްކޯއިން ވަނީ ފަށާފައެވެ.