ޚަބަރު

ގާފަރާއި ހިންމަފުށި ފެށީ މޮޅަކުން


  • ގާފަރުން މާފުށި ބަލިކުރީ 1-7 އިން

  • ގުރައިދޫގެ މައްޗަށް ހިންމަފުށި ކުރިހޯދީ 1-4 އިން

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ ކ. އަތޮޅުގެ މުބާރާތް ފަށާފައިވާއިރު، ފުރަތަމަ މެޗުތަކުން ގާފަރާއި ހިންމަފުށި މޮޅުވެއްޖެއެވެ.

އެޓޯލް ޗެމްޕިއަންޝިޕުގައި ކ. އަތޮޅުގެ މެޗުތައް ކުޅެނީ ހިންމަފުށީ ސްޕޯޓްސް އެރީނާގައެވެ.

އަތޮޅުގެ ފުރަތަމަ މެޗުގައި ގުރައިދޫއާއި ދެކޮޅަށް ހިންމަފުށި ނުކުތްއިރު މި މެޗުން ހިންމަފުށި މޮޅުވީ 1-4ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ގުރައިދޫއިންނެވެ. މެޗު ފަށައިގެން ތިންވަނ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޝް އާފް މުޙައްމަދު ފިރާޤެވެ.

ފުރަތަމަ ލަނޑުޖަހައި ލީޑުގައި އޮވެ ވަރަށް އިތުބާރާއެކު ގުރައިދޫއިން ކުޅެމުންދަނިކޮށް، ހިންމަފުށިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 11ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިޙާލް މުޙައްމަދެވެ. އޭގެ ހަތަރުމިނެޓުފަހުން ހުޒެއިފާ އިބްން ހުސެއިން ވަނީ ހިންމަފުއްޓަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދީފައެވެ.

މެޗުގައި ހިންމަފުށިން ޖެހި އަނެއް ދެލަނޑު ޖެހީ ދެވަނަ ހާފުގައެވެ. މިލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ފަވާޒް ނަސީރާއި ހުސެއިން ޝިޔާނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިންމަފުށީގެ ނިހާލެވެ.

މި އަތޮޅުގެ ދެވަނަ މެޗުގައި މާފުށީގެ މައްޗަށް ގާފަރުން ކުރިހޯދީ 1-7 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ގާފަރުން ވަނީ ފުރަތަމަ ހާފުގައި އެކަނިވެސް ފަސްލަނޑު ޖަހާފައެވެ. މީގެތެރެއިން ތިންލަނޑު ޖަހައި އައްޒާމް ނިޔާޒް ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިހާފުގައި އެޓީމުން ޖެހި އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ޝަނާން ރަޝާދެވެ.

މެޗުގެ ދެވަނަ ހާފުގައި ގާފަރުން އިތުރު ދެލަނޑު ޖެހިއިރު މީގެތެރެއިން އެއް ލަނޑު ކާމިޔާބުކޮށްދީ، ޝަނާން ވެސް ޗަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.

އެޓީމުގެ ބާކީ ލަނޑު ޖަހައިދިނީ ރިމާޙް އިބްރާޙީމެވެ. މެޗުގައި މާފުށިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާޙީމް އަމީރެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރުގެ އައްޒާމެވެ.

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގައި ކ. އަތޮޅުން