ކުޅިވަރު

18 އަހަރުގެ ބުއާދީ ސިޓީ އަށް ވިއްކާލީ 100 މިލިއަން ޔޫރޯ އަށް


18 އަހަރުގެ އައްޔޫބް ބުއާދީ އެންމެ ފަހުން 100 މިލިއަން ޔޫރޯ އަށް މެންޗެސްޓާ ސިޓީ އަށް ވިއްކާލައިފި އެވެ.

ފްރާންސްގެ ލިލް އަށް ކުޅެމުން އައި މޮރޮކޯގެ ޒުވާން ޑިފެންސިވް މިޑްފީލްޑަރުގެ އަގު މިހާ ބޮޑަށް މަތިވީ ދެ ސަބަބަކާ ހުރެ އެވެ. އެއީ ނިމިދިޔަ ވޯލްޑް ކަޕުގައި އޭނާ ދެއްކި މޮޅު ކުޅުމެވެ. ދެ ވަނަ ސަބަބަކީ މެންޗެސްޓާ ސިޓީ އަކީ ތަންވަސް ކުލަބަކަށް ވެފައި އެ ކުލަބުގެ މެދަށް ކުޅޭނެ ކުޅުންތެރިން ހޯދަން ބޭނުންވެފައި އޮތްވަރުންނެވެ. ލިލްއިން ގޮތް ދޫނުކޮށް ހިފެހެއްޓީ ވީ އެންމެ މަތީ އަގެއް ހޯދުމަށެވެ.

މިއަގާއެކު އޭނާ ވެފައިވަނީ ސިޓީ އަށް މިހާތަނަށް ގަތް އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. 100 މިލިއަން ޔޫރޯގެ ތެރެއިން ލިލް އަށް ވަގުތުން 95 މިލިއަން ޔޫރޯ ލިބޭނެ އެވެ. އަނެއް ފަސް މިލިއަން ޔޫރޯ އަކީ ކުޅުންތެރިޔާ ދައްކާ ކުޅުމާ ހޯދާ ކާމިޔާބީތަކަށް ބަރޯސާވާ ފައިސާ އެވެ.

ސިޓީގެ މެދަށް ކުޅުނު ކުޅުންތެރިންގެ ޓިއާނީ ރެއިންޑާސް ސައޫދީ ލީގަށް އަދި ސްޕޭނުގެ ކެޕްޓަން ރިޑްރީގޯ ހަނާންޑޭޒް ވަނީ ބާސެލޯނާ އަށް ބަދަލުވެފަ އެވެ. ބަދަލުގައި އެ ކުލަބުން ގެނައީ އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އެލިއޮޓް އެންޑަސަން އެވެ.

ފްރާންސްގެ ގައުމީ ޓީމަށް ވެސް ކުޅެވެން އޮތް ބުއާދީ ވަނީ މޮރޮކޯގެ ގައުމީ ޓީމަށް މިހާތަނަށް ހަ މެޗު ކުޅެދީފަ އެވެ.