ޚަބަރު

އޭޝިއަން ގޭމްސްގައި ވާދަކުރާ އެެތުލެޓިކްސް ޓީމު އިއުލާނުކޮށްފި


  • މުބާރާތް އޮންނާނީ 19 ސެޕްޓެމްބަރުން 4 އޮކްޓޫބަރަށް

  • ރާއްޖެއިން ވާދަކުރާނީ ސާފިން، ސްވިމިން، ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން، ޝޫޓިންގ އަދި ބީޗް ވޮލީގައި

އޭޝިއަން ގޭމްސް 2026 ގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމު އިއުލާނުކޮށްފިއެވެ.

މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ވާދަކުރާނީ އާދަމް ރިފްއަތް، ހަސަން ސާއިދު، ހަސަން ޒީކް ސައުދު، ޒުއިޒް މުހައްމަދު ސުއާދު، އިބާދުالله އާދަމް އަދި އިބްރާހިމް ނާހިލް ނިޒާރުކަމަށެވެ.

އޭޝިއަން ގޭމްސް އޮންނާނީ ޖަޕާނުގެ ނަގޯޔާ އައިޗީގައެވެ. މި މުބާރާތް އޮންނާނީ 19 ސެޕްޓެމްބަރުން 04 އޮކްޓޫބަރުގެ ނިޔަލަށެވެ.

މި މުބާރާތުގެ އެތުލެޓިކްސް އިވެންޓްތަކުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން ވަނީ މީގެ ކުރިންވެސް ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށްފައެވެ.

އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ ސާފިން، ސްވިމިން، ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން، ޝޫޓިން އަދި ބީޗް ވޮލީގައެވެ.

20 ވަނަ އޭޝިއަން ގޭމްސް 2026 ނުވަތަ އައިޗީ – ނަގޯޔާ 2026 ގައި މިފަހަރު 45 ޤައުމަކުން އެތްލީޓުން ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ އައިޗީގެ 24 ސްޓޭޑިއަމަކާއި، ނަގޯޔާގެ 15 ސްޓޭޑިއަމެއްގައެވެ.