ކުޅިވަރު

އިންފަންޓީނޯގެ ހިފެހެއްޓުމެއްނެތް ތައުރީފް މެސީއަށް


އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔ ދެކެފައިވާ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލަޔޮނަލް މެސީ ކުޅުން ހުއްޓާލުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފި އެވެ.

އުމުރުން 39 އަހަރުގައި މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކުރީ އިއްޔެ އެވެ. އޭނާ ވަނީ އާޖެންޓީނާ ގޮވައިގެން ތިން ފަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެ 2022 ވަނަ އަހަރު ކެޕްޓަނެއްގެ ގޮތުގައި ތަށި އުފުލާލައިފަ އެވެ.

"މެސީގެ ޖާދުވީ ހުނަރާއި އިންސާނިއްޔަތުކަން އަބަދުވެސް މީހުން އަބަދުވެސް ހަނދާން ހުންނާނެ. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އާޖެންޓީނާގެ ޖާޒީގައި މެސީ އުފެއްދި ހަނދާނުން ނުފޮހެވޭނެ ހަނދާންތަކާއި ދުނިޔޭގެ އެންމެހާ ފުޓްބޯޅަ ސަޕޯޓަރުން އެކަތިގަނޑެއްގެ ގޮތުގައި ހެދުމަށް ކޮށްދިން މަސައްކަތަކަށް. މެސީގެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކާމިޔާބީ އަށް އެދެން،" އިންފަންޓީނޯ ބުންޏެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް މެސީ ކުޅެން ފެށީ 2005 ވަނަ އަހަރު އެވެ. ތަށި ނުލިބިދިޔަ ނާކާމިޔާބު ދުވަސްތަކާ ހެދި 2016 ވަނަ އަހަރު އޭނާ ރިޓަޔާ ކުރުމަށްފަހު އެނބުރި އައިސް ކުޅެން ފެށި އެވެ. އޭނާގެ އެންމެ ފަހު މެޗަށް ވެގެންދިޔައީ މި އަހަރުގެ ޖުލައި މަހު ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗެވެ. އެ މެޗުން އާޖެންޓީނާ ބަލިވީ ސްޕޭން އަތުން 1-0އިންނެވެ.

މެސީ ކުޅުން ހުއްޓާލުމުން ދުނިޔޭގެ އެހާރާއި މިހާރުގެ ކުޅުންތެރިން ދަނީ އޭނާ އަށް ތައުރީފްކޮށް، އަގު ވަޒަން ކުރަމުންނެވެ.