ޚަބަރު

މިސްރުގެ ކޯޗު ހޮސާމް ހަސަން އެއްބަސްވުން އާކޮށްފި


  • އާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ގެ ނިޔަލަށް

މިސްރު ފީފާ ވޯލްޑްކަޕްގެ ގަދަ 16 އަށް ގެންގޮސްދިން ކޯޗު ހޮސާމް ހަސަން އެއްބަސްވުން އާކޮށްފިއެވެ. އާއެއްބަސްވުމުގެ ދަށުން 2030 ވަނަ އަހަރުގެ ނިޔަލަށް މިސްރު ކޯޗު ކަމުގައި އޭނާ ދެމި ހުންނާނެއެވެ.

މިސްރު ކޯޗު ހިސާމް ހަސަން ފާހަގަކުރެވެނީ ވޯލްޑް ކަޕްގައި އެގައުމަށް ފުރަތަމަ މޮޅު ހޯދައިދިން ކޯޗުގެ ގޮތުގައެވެ. އެއީ އެންމެ ފަހުން އޮތް މުބާރާތުގައި ނިއުޒީލެންޑް ބަލިކޮށްގެންނެވެ. އަދި މުބާރާތުގެ ގަދަ 16 ޓީމްގެ ބުރަށް ގެންގޮސްދީ, މުބާރާތުން ކެޓީ ޗެމްޕިއަން އާޖެންޓީނާ އަތުން ބަލިވެގެންނެވެ. އެމެޗުގައި މިސްރުން ޖެހި ދެ ގޯލެއް ރެފްރ ބަލައި ނުގަނެއެވެ. މެޗަށްފަހު ކޯޗު ހޮސާމް ހަސަން ތުހުމަތު ކުރީ ފީފާއިން މެސީ ފައިނަލަށް ގެންދަން ބޭނުންވަނީ ކަމަށެވެ.

2025 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންގެ ސެމީފައިނަލަށްވެސް މިސްރު ގެންގޮސްދިނީ ހޮސާމް ހަސަން އެވެ. އޭނާ މިސްރު ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރުއެވެ. މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މަސައްކަތްކުރަމުން އައީ އެއްބަސްވުމެއް ނެތި ކަމަށް ޖޫން ވަނީ އޭނާ ބުންޏެވެ.

މިސްރަށް ކުރިއަށް އޮތީ އެންގޯލާގެ އިތުރުން ސައުތް ސޫދާނާ ވާދަކުރާ ދެ މެޗެވެ. އެފްރިކަން ކަޕްގެ ކޮލިފިކޭޝަންގެ އެ ދެމެޗު ކުޅޭނީ މިމަހު 25 އަދި 29 ވަނަ ދުވަހުއެވެ.