ޚަބަރު

އޮޔާ ދިޔަ 2 ބޯޓެއްގައި ތިބި މީހުން ސަލާމަތްކޮށްފި


  • ބޯޓުތަކަށް ވަނީ އެކިވަރުގެ ގެއްލުންވެފައި

  • ދެ ބޯޓަކީވެސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައިވާ ދެ ބޯޓު

މިރޭގެ ވަގުތެއްގައި އޮޔާ ދިޔަ ދެ ބޯޓެއްގައި ތިބި މީހުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ސަލާމަތްކޮށްފިއެވެ.

މިރޭ ދެ ބޯޓެއް އޮޔާދިޔައީ ސިނަމާލެ ބްރިޖު ސަރަޙައްދާ ކައިރިންނެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި ދެ ބޯޓަށްވެސް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ. ނަމަވެސް އެ ގެއްލުންތަކުގެ ތަފްސީލެއް މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ މުއައްސަސާއިން ކުރިއަސްގެންދިޔައީ ބޯޓުގައިތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމަށްފަހު މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި ދެ ބޯޓަކީވެސް ކަސްޓަމްސް ގެ ކޮންޓްރޯލްގެ ދަށުގައި އޮތް ދެބޯޓެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި މި ދެ ބޯޓަކީވެސް މުދާ އުފުލާ ދެ ބޯޓެވެ.