ކުޅިވަރު

އޭޝިއަން ގޭމްސްގައި ލަންކާ، އިންޑިޔާ، ޕާކިސްތާން މެޑަލް ހޯދައިފި


އޭޝިޔާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް އޭޝިއަން ގޭމްސްގައި ސާކް ސަރަހައްދުގެ ތިން ގައުމަކުން މެޑަލް ހާސިލް ކޮށްފި އެވެ.

ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް އޭޝިޔާގެ 45 ގައުމަކުން ވާދަ ކުރާ ގޭމްސްގައި ސާކް ސަރަހއްދުން މިހާތަނަށް މެޑަލް ހޯދި ހަތަރު ގައުމަކީ އިންޑިޔާ އާއި ޕާކިސްތާނާއި ސްރީލަންކާ އެވެ. މީގެ އިތުރުން އަވަށްޓެރި އަފްޢާނިސްތާން ވެސް ވަނީ ރަންމެޑެއްޔެއް ހޯދައިފަ އެވެ.

އިންޑިޔާ މިހާތަނަށް ހާސިލް ކޮށްފައިވަނީ ހަތް މެޑަލް އެވެ. އެއީ އެއް ރަން މެޑަލް އާއި ހަތަރު ރިހި މެޑަލް އާއި ދެ ރިހި މެޑަލް އެވެ. ޕާކިސްތާނުން ހާސިލް ކޮށްފައިވަނީ ދެ ލޯ މެޑަލް އެވެ. ލަންކާއިން ހޯދާފައިވަނީ އެއް ރިހި މެޑަލް އެވެ. މިހާތަނަށް މެޑަލް ޓޭބަލުން ޖާގަ ހޯދާފައިވާ ގައުމުތަކުގެ ތެރޭފައި މޮންގޯލިއާ އާއި ބުރޫނާއީ ދާރުއްސަލާމާއއި ގަތަރާއި އިރާގް އަދި ކުވޭތާއި ވިއްޓެނާމްގެ އިތުރުން މެލޭޝިޔާ ފާހަގަ ކޮށްލެވެ އެވެ.

މި މަހުގެ 19 އިން އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ކުރިއަށްދާ ޖަޕާނުގައި ކުރިއަށްދާ ގޭމްސްގައި މިހާތަނަށް މެޑަލް ޓޭބަލުގެ އެއްވަނާގައިވަނީ ޗައިނާ އެވެ. އެ ގައުމުން ވަނީ 32 ރަންމެޑަލް އާއި 13 ރިހި މެޑަލް އަދި އަށް ލޯ މެޑަލްއާއެކު ޖުމުލަ 53 މެޑަލް ހާސިލް ކޮށްފަ އެވެ. ދެ ވަނާގައިވަނީ ޖަޕާނެވެ، އެއީ 46 މެޑަލްއާއެކުގަ އެވެ. ތިން ވަނާގައިވަނީ ސއުތު ކޮރެޔާ އެވެ. އެ ގައުމަށް ލިބިފައިވަނީ 27 މެޑަލް އެވެ.