ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެ


  • މޫސުން އެންމެ ގޯސްވާނީ އުތުރަށް

  • ދެކުނާއި މެދުރާއްޖެ ތެރެއަށްވެސް ބޯކޮށް ވާރޭވެހޭނެ

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބުތަކަށް މޫސުން ގޯސްވާނެކަމަށާއި ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ދެކުނާއި މެދުތެރޭގެ އަތޮޅުތަކުގެ ރަށްރަށަށް ބޯކޮށްވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އުތުރުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މި ވަގުތުތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މައުލޫމާތުދެއްވި ގޮތުގައި މާދަމާ މެންދުރުފަހުން ފެށިގެން ވައި މަޑުވެ، ކަނޑުތައްވެސް މަޑުވާނެ ކަމަށް ލަފާކުރެވެއެވެ.

އެހެންކަމުން، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުންނާއި، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.