 
										
			ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށް ލިބިވަޑައިގެންފިއެވެ.
 
މިއިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ.
 
މި އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ: 
 
* ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން ހއ. އުތީމު އަލިމަސްގެ
 
* ދިވެހި ތާރީޚުގެ ދާއިރާއިން، ތާރީޚާބެހޭ ފޮތް އެކުލަވައިލައި ލިޔެ ޝާއިޢުކުރުމުގެ ރޮނގުން:
 
އަލްފާޟިލް އަޙްމަދު ޝާކިރު މއ. ކަށިމާ
 
* އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:އަލްފާޟިލް މުޙައްމަދު ނިޒާރު ޅ. ނައިފަރު މަދުގަސްދޮށުގެ
 
* އެބޭފުޅެއްގެ ހަނދާނަށް ޝަރަފު އެރުވުނު ބޭފުޅަކީ:
 
ޕަރފޯމިންގ އާޓްސްގެ ދާއިރާއިން، ލަވަކިޔުމާއި، މިޔުޒިކް ކުޅުމާއި ދިވެހިވަންތަ މިޔުޒިކް އުފެއްދުމުގެ ރޮނގުން ގަލޮޅު އަލިފުށީގޭ އަލްމަރްޙޫމް އަޙްމަދު ނާޝިދު