ތަރައްްޤީ

ރ.އަތޮޅާއި ނ.އަތޮޅުން 700 އަށްވުރެގިނަމީހުން ޕީޕީއެމްއަށް!


ރ.އަތޮޅާއި ނ.އަތޮޅުން ޕީޕީއެމާ އަލަށް ގުޅުނު 700 އަށްވުރެ ގިނަ މެންބަރުންގެ ފޯމް އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވައިފިއެވެ. 

ރޭ ރ ދުވާފަރުގައި އޮތް ޕީޕީއެމްގެ ޖަލްސާގައި ރައީސް ޢަބްދުﷲ ޔާމީނާ ޙަވާލުކުރައްވާފައިވަނީ ރ. ދުވާފަރުން މުޅިން އަލަށް ޕީޕީއެމާ ގުޅުނު 500 މެންބަރުންގެ ފޯމާއި، ރ. އިންނަމާދޫން ޕީޕީއެމާ އަލަށް ގުޅުނު 100 މެންބަރުންގެ ފޯމާއި، ރ. މީދޫއިން ޕީޕީއެމާ އަލަށް ގުޅުނު 65 ފޯމާއި، ނ. ޅޮހިން ޕީޕީއެމާ އަލަށް ގުޅުނު 50 މެންބަރުންގެ ފޯމެވެ. ރޭގެ ޖަލްސާފައި ޖުމްލަ 715 މެންބަރުން ވެރިކަންކުރާ ޕާޓީ، ޕީޕީއެމާ އަލަށް ގުޅިފައިވެެއެވެ. 

މިފޯމްތަކާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ޕީޕީއެމަށް އަލަށް ގުޅޭ މެންބަރުންގެ ޢަދަދު އިތުރުވެގެންދާ ދިއުމަކީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް އިތުރު ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ލިބިގެންދާ ބާރެއްކަމަށެވެ. އަދި މިކަމުން ދޭހަކޮށްދެނީ ސަރުކާރުގެ މަޝްރޫޢޫތައް ޢާންމު ރައްޔިތުން ބަލައިގަންނަކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރ އަތޮޅާއި ނ އަތޮޅުން މުޅިން އަލަށް 700 އަށްވުރެ ގިނަ މެންބަރުން ޕީޕީއެމާ ގުޅިފައިވާއިރު، މިދިޔަ ބުދަ ދުވަހުވެސް ވަނީ މާލެއާއި، ގއ. އަތޮޅުން 600 އަށްވުރެ ގިނަ މެންބަރުން ޕީޕީއެމާ ގުޅިފައެވެ. އަދި މިމަހުގެ ތެރޭގައި 2000 އަށްވުރެ ގިނަ މެންބަރުން ޕީޕީއެމާ ގުޅިފައިވެއެވެ. ޕީޕީއެމާ ގިނަ ބަޔަކު ގުޅެމުންދަނީ އެޕާޓީ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ހިންގަވަން ފެށިފަހުންނެވެ. ޕީޕީއެމަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ހަގު އަދި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.