ތަރައްްޤީ

ތިނަދޫ އިންޖީނުގޭގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމަނީ


ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ސަރުކާރުން ޢިމާރާތް ކުރައްވާ އިންޖީނުގޭގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ދެރަށަކަށް ޖަނަރޭޓަރު ހަވާލުކުރުމަށް ފެނަކަ ކޯޕަރޭޝަނުގައި އިއްޔެ އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، ގދ.ތިނަދޫގެ ކަރަންޓުގެ ހާލަތަށް ވަގުތީ ޙައްލެއް ހޯދައިދިނުމުގެ މަސަތްކަތް ހުއްޓިފަ އޮތުމަށްފަހު މިހަފްތާގެ ތެރޭގައި ފަށާނެކަމަށެވެ. އަދި ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ތިނަދޫގައި ސަރުކާރުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގެއަކީ އިންޖީން އުފުލާ ކެރޭނު ސިސްޓަމަކާއެކު އިމާރާތްކުރައްވާ ޒަމާނީ ފެންވަރުގެ އިންޖީނު ގެއެކެވެ.