ބޮޑުތިލަދުންމަތި ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:10އިން މެންދުރު 14:00އާ ހަަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
މެޓު އޮފީހުން ލަފާކުރި ގޮތުގައި، މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި އުޅެނީ އާދައިގެ މިންވަރަކަަށް މަޑުކޮށެވެ. އެގޮތުން އުތުރާއި މެދު ރާއްޖެތެރެއަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުބިނުމައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
White Alert issued from Shaviyani Atoll to Addu City. https://t.co/1cpcn9MPQC
— Maldives Meteorology (@MetMaldives) October 16, 2026
މީގެ އިތުރުން، ކަނޑުތައްވެސް އާދައިގެ މިންވަރަކަށް މަދުވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ލާފަކުރެވޭ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، މިއަދާ މާދަމާވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސް ކަމަށެވެ. އަދި އާދިއްތަ ދުވަހު ވާރޭ ވެހޭ މިންވަރު ދަށްވިނަމަވެސް މުޅި ހަފުތާގެ ތެރޭގައިވެސް ކެރީގެ އަސަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.