ކޮރެއަން ޕެރަލިމްޕިކް ކޮމިޓީ (ކޭޕީސީ)އިން ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ޖަޕާނުގައި ކުރިއަށްދާ އައިޗީ ނަގޯޔާ 2026 އޭޝިއަން ޕެރަ ގޭމްސްގެ ހަވާސާގެ ބޭރުން ކުރިއަށްގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ރައީސް ޢާއިޝަތު ނަޒްހަތާއި ސެކްރެޓެރީ ޖެނެރަލް އަހްމަދު މުހައްމަދެވެ. އަދި ކޭޕީސީފގެ ފަރާތުން ބައިވެރިވެވަޑައިގަތީ، އެކޮމިޓީގެ ރައީސް ޖުންގ ޖިން އޮވާންއެވެ.
މިބައްދަކުރެއްވުމުގެ މައިގަނޑު މަގްސަދަކީ ދެ ޤައުމުން ގުޅިގެން ޕެރަލިމްޕިކްގެ ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުންދިނުމާ ގުޅޭގޮތުން ޚިޔާލުބަދަލުކުރުމެވެ. އަދި ރާއްޖޭގެ ޕެރައެތުލީޓުން ކުރިއެރުވުމަށް ބޭނުންވާނެ މުއައްސަސާތައް ތަރައްޤީކޮށް، ޕެރަ ކުޅިވަރު ރާއްޖޭގައި ކުރިއެރުވުމަށް ހަތަރު އަހަރު ދުވަހުގެ ޕާޓްނާޝިޕެއް ޤާއިމްކުރުމަށްވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައެވެ.
މިމަހުގެ 18 އިން 24 އަށް ޖަޕާނުގެ އައިޗީ ނަގޯޔާގައި ކުރިއަށްދާ 5ވަނަ އޭޝިއަން ޕެރަ ގޭމްސްގައި ރާއްޖޭގެ ތިން އެތުލީޓަކުދަނީ ޤައުމު ތަމްސީލުކުރަމުންނެވެ. އެއީ ޢަބްދުﷲ އަޔާން އަސްގަރާއި، ޢަބްދުއްރައްޒާޤްގެ އިތުރުން ފާތިމަތު އިބްރާހިމްއެވެ. އަދި ނޮވެމްބަރުމަހުގެ 24 އިން 29 އަށް ތައިލެންޑްގައި ބާއްވާ ތައިލެންޑް އޯޕަން ޕެރަ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައިވެސް ރާއްޖޭގެ ޢާއިޝަތު ނަޒާހާ ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.