ޚަބަރު

ގއ އަދި ގދ އަތޮޅަށް ރީނދޫ ސަމާލު


  • ސަމާލު ނެރުނީ މިއަދު 13:30 އިން 16:30 އަށް

ގއ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ. ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން މި ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 13:30 އިން 16:30 އަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެށް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އެ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު މިހަފުތާ ބަންދަށް ދެމިގެން ދާނެ ކަމަށެވެ.

މެޓު އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ޖެހެމުންދާނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އެހެންނަމަވެސް ރީނދޫ ސަމާލު ނެރެފައިވާ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.