ފުލުހުން ހިންގި އޮަޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ނޯތް ހާބަރު ތެރެއިން ދިހައެއްޖަހާއެހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 14 އަަހަރުގެ ފިރިހެން ކުއްޖެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ކުއްޖާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލާ ފާސްކުރިއިރު އޭނާ ގެންގުޅުނު ކޮތަޅެއްގެ ތެރެއިން ފެނުނު ދަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންކަމަށެވެ.