ކުޅިވަރު

ރެޑްބުލް ބީޗް ވޮލީ މުބާރާތް ފަށައިފި


ރެޑްބުލް ބީޗް ވޮލީ މުބާރާތް ފަށައިިފިއެވެ. ދޮންގަނޑު ބީޗް ވޮލީ ކޯޓްގައި މިއަދު ހެނދުނު ފެށި މިމުބާރާތުގައި ޖުމްލަ 25 ޓީމް ބައިވެރިވެފައިވެއެވެ. އަންހެން ބައިގަ 10 ޓީމް އަދި ފިރިހެން ބައިގަ 15 ޓީމް ވާދަކުރެއެވެ. 

ރެޑްބުލްއިން މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންއާ ގުޅިގެން މިމުބާރާތް ކުރިއަށްގެންދަނީ ދެޖިންސް ވަކިންނެވެ. މުބާރާތުގައި ޤައުމީ ސްކޮޑްގެ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެއެވެ. މުބާރާތުގައި ވިދިވިދިގެން 2 މެޗުން ބަލިވިއްޖެ ނަމަ އެޓީމެއް މުބާރާތުން ކަޓާނެއެވެ. މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވާ ޓީމްތަކަށް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުޞަތު ލިބޭނެއެވެ. މިމުބާރާތުގެ މެޗްތައް މިއަދު ހެނދުނު ކުރިއަށްދިޔައީ ހަތަކުން ނުވައަކަށެވެ. އަދި ހަވީރު މެޗްތައް ކުރިއަށްދާނީ މިއަދު ހަވީރު ހަތަރަކުން ފެށިގެންނެވެ. 

img:http://s4.psmnews.mv/images/660x400/14814464978800.jpg|ރެޑް ބުލް ބީޗް ވޮލީ މުބާރާތް (ފޮޓޯ: ރެޑްބުލް-އަހުސަން)

މިމުބާރާތުގެ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.