ކުޅިވަރު

ދެެވަނަ ބުރުގައި އާސެނަލް ބަޔާން މިއުނިކް އަދި ބާސެލޯނާ ޕީއެސްޖީ


ޗެމްޕިއަންސް ލީގު ދެވަނަ ބުރުގައި އާސެނަލް ބަޔާންމިއުނިކް އަދި ބާސެލޯނާ ޕީއެސްޖީ ވާދަކުރަން ޖެހިއްޖެއެވެ. 

ދެވަނަ ބުރަށް ދަތުރު ކުރި 16 ޓީމްގެ މެދުގައި މިއަދު ނެގި ޑްރޯއަށްފަހު އާސެނަލް ބަޔާން މިއުނިކާވާދަކުރަން ޖެހުނުއިރު މިދެޓީމް މީގެ ކުރިން ވާދަކުރި 10 މެޗްގެ ތެރެއިން ބަޔާންވަނީ ފަސް މެޗް ކާމިޔާބުކޮށްފައެވެ. އާސެނަލްއަށް ކާމިޔާބުކުރެވުނީ ތިން މެޗެވެ. 

ޕީއެސްޖީއާ ބާސެލޯނާ ވަނީ މީގެ ކުރިން ނުވަ ފަހަރެއްގެ މަތިން ބައްދަލްކޮށްފައެވެ. ނުވަ މެޗްގެ ތެރެއިން ބާސެލޯނާ ބަލިވެފައިވަނީ އެންމެ ދެ މެޗުންކަން ފާހަގަކޮށްލެވެއެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލްމެޑްރިޑް ދެވަނަ ބުރުގައިވާދަކުރާނީ އިޓަލީގެ ނަޕޯލީއާއެވެ. މިދެޓީމް ޔޫއެފާގެ މުބާރާތެއްގައި އެންމެ ފަހުންވާދަކޮށްފައިވަނީ ޗެމްޕިއަންސް ކަޕްގައި 1987 ވަނަ އަހަރުއެވެ. އެތްލެޓިކޯމެޑްރިޑް ދެވަނަ ބުރުގައި ވާދަކުރާނީ ޖަރުމަނުގެ ބަޔާން ލެވަކޫސަންއާއެވެ. މިދެޓީމްވަނީ 2014/15 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ދެވަނަބުރުގައިވެސް ވާދަކޮށްފައެވެ. އެމެޗް އެތްލެޓިކޯ ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ޔުވެންޓާސް ލައްވާލީ ޕޯޗްގަލްގެ ޕޯތޯއާއެވެ. އަދި މެންޗެސްޓަރ ސިޓީ ވާދަކުރާނީ ފްރާންސްގެ މޮނާކޯއާއެވެ.

 އިނގިރޭސި ޗެމްޕިއަން ލެސްޓަރ ދެވަނަ ބުރުގައި ވާދަކުރާނީޔޫރަޕާ ލީގު ޗެމްޕިއަން ސެވިއްޔާއާއެވެ. ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް ދެވަނަބުރުގައި ވާދަކުރާނީ ބެންފީކާއާއެވެ.

ދެވަނަ ބުރުގެ ފުރަތަމ ލެދްގެ މެޗްތައް ކުޅޭނީ އަންނަ އަހަރުގެ ފެބްރުއަރީގައެވެ. އަދި ދެވަނަ ލެގުގެ މެޗްތައް ކުޅޭނީ މާޗް މަހުއެވެ.