ބެލޮންޑޯ އެވޯޑް ހަތަރު ވަނަ ފަހަރަށް ރޮނާލްޑޯ ހޯދައިފިއެވެ.
ފްރާންސް ފުޓްބޯޅައިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯހޯދާފައިވަނީ މެސީއާ ގްރީޒްމަންއާ ވާދަކޮށެވެ. މެސީ ވަނީ މީގެ ކުރިން ފަސް ފަހަރުމިއެވޯޑް ހޯދާފައެވެ. ރޮނާލްޑޯ މިއަހަރު މިއެވޯޑް ހޯދުމުން ދެހާސް ހަތްވަނަ އަހަރުގެފަހުން ބެލޮންޑޯ އެވޯޑް މެސީ ނުވަތަ ރޮނާލްޑޯ ނޫން ކުޅުންތެރިއަކަށް ލިބިފައެއްނުވެއެވެ.
މިއަހަރު ދެވަނަ މެސީއަށް ލިބުނުއިރު ތިންވަނަ އަށް ދިޔައީ ފްރާންސްގެ ގްރީޒްމަންއެވެ.
ރޮނާލްޑޯ ވަނީ މިއަހަރު ޕޯޗްގަލްއާއެކު ޔޫރޯ އަދި ރެއާލްމެޑްރިޑާއެކުޗެމްޕިއަންސް ލީގާ ސުޕަރ ކަޕް ހޯދާފައެވެ. ފްރާންސް ފުޓްބޯޅައިން ބެލޮންޑޯ ލިބޭ ކުޅުންތެރިންއަކު ހޮވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ނޫސްވެރިން ދޭ ވޯޓަށެވެ. މީގެ ކުރިން ފީފާއާ ގުޅިގެން ދެމުން އައިމިއެވޯޑް މިއަހަރު ދީފައިވަނީ ވަކިންނެވެ. އެހެން ކަމުން ފީފާއިން ހޮވާ އަހަރުގެ މޮޅުކުޅުންތެރިޔާއަށް ދޭ އެވޯޑް ދިނުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ފީފާއިން ދޭން ފަށާ އެވޯޑަށް ކިޔާ ނަމަކީ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑެވެ.