ކުޅިވަރު

މަކިޓާރ އެޓޯލް ޖޫނިއަރ ޗެންޕިއަންޝިޕް މިއަހަރު އައްޑޫގައި


މަކިޓާރ އެޓޯލް ޖޫނިއާރ ޗެންޕިއަންޝިޕް މިއަހަރު އައްޑޫގައި ބާއްވަން ނިންމައިފިއެވެ. އައްޑޫ ޕީއެސްއެމް މީޑިޔާއާ ވާހަކަދައްކަވަމުން އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލު ވިދާޅުވީ އައްޑޫގައި މަކިޓާރ އެޓޯލް ޖޫނިއާރ ޗެންޕިއަންޝިޕް ބާއްވާގޮތަށް ނިންމާފައިވަނީ އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާ ކުރުމަށްފަހުގައިކަމަށެވެ. އައްޑޫގައި މުބާރާތް ބާއްވަން ނިންމާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލާއި، ސްކޫލްތަކާއެކު މިހާރު މަޝްވަރާތައް ކުރެވި އެފަރާތްތަކުގެ އެހީ ހޯދުމަށް ހަމަޖެހިފައިވާކަމަށް އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލު ވިދާޅުވިއެވެ. މިއަންނަ މާޗް މަހު އައްޑޫގައި މަކިޓާރ އެޓޯލް ޖޫނިއާރ ޗެންޕިއަންޝިޕް ބޭއްވޭއިރު އައްޑޫގެ ޓްރެކްވެސް މާރޗްމަސް އަންނަން ވާއިރަށް، ތައްޔާރު ކުރުމަށް ކުޅިވަރާ ބޭހޭ ވުޒާރާއާއެކުވެސް މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށް ތޮވާލު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިވޭތިވެދިޔަ 10 އަހަރުވެސް މިމުބާރާތް ބައްވަމުން މިއަންނަނީ ކޮންމެވެސް އަތޮޅެއްގަ. މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންގެ ވިސްނުން ހުންނަނީ އެއް އަހަރު އުތުރުގަ ބޭއްވިއްޔާ އަނެއް އަހަރު ދެނުކުގަ ބާއްވަން. އެގޮތުން މިދިޔަ އަަހަރު މުބާރާތް ބައްވާފައިވަނީ ކުޅުދުއްފުށީގަ، ދެން އަޅުގަނޑުމެން ދެކުނަށް އައި އިރުގަ އައްޑޫގައި މިހާރު އެތްލެޓިކްސް މުބާރާތެއް ނުބާއްވާތާ 5 އަހަރުވެއްޖެ." އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލު ވިދާޅުވިއެވެ.

މަކިޓާރ އެޓޯލް ޖޫނިއާރ ޗެންޕިއަންޝިޕް އައްޑޫގައި ބާއްވަން ތާވަލްކޮށްފައިވަނީ މިއަންނަ މާޗްމަހުގެ 21 ން 24 އަށެވެ.