ކުޅިވަރު

ޔުނައިޓެޑް ދޫކޮށް ސްނައިޑަލިން އެވަޓަންއަށް


މޯގަން ސްނައިޑަރލިން އެވަޓަންއަށް ވިއްކާލުމަށް މެންޗެސްޓަރ ޔުނައިޓެޑުން އެއްބަސްވެއްޖެއެވެ. 

ފްރާންސްގެ ޒުވާން މިޑްފީލްޑަރ ސްނައިޑަލިން ޔުނައިޓެޑަ ގުޅުނީ 2015ވަނަ އަހަރުއެވެ. ޔުނައިޓެޑްގެ އޭރުގެ ކޯޗް ވެން ހާލް ވަނީ ސައުތެމްޕްޓަންއިން މޯގަން ސްނައިޑަލިން ގަތުމަށް 25 މިލިއަން ޕައުންޑް ޚަރަދުކޮށްފައެވެ. އެވަޓަންއަށް ސްނައިޑަރލިން ވިއްކާލުމަށް ޔުނައިޓެޑުން އެއްބަސްވީ22 މިލިއަން ޕައުންޑަށެވެ. 

 މޮރީނިއޯގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބި ބެންޗުގައި ސްނައިޑަލިން އިންނަން ޖެހުނުއިރު އޭނާ ހޯދުމަށް އިނގިރޭސި ގިނަ ކްލަބްތަކަކަން ޝައުގުވެރިވިކަން ފާހަގަކޮށްލެވެއެވެ. ފްރާންސްގެ ޤައުމީ ޓީމުންވެސް ޖާގަ ހޯދަމުން އަންނަ މިޑްފީލްޑަރ ވަނީ ޔުނައިޓެޑަށް 47 މެޗް ކުޅެދީފައެވެ. އޭގެ ތެރެއިން މޮރިނިއޯ މިސީޒަނާ ކްލަބާ ގުޅުނު ފަހުން ސްނައިޑަލިންއަށް ފުރުސަތު ލިބިފައިވަނީ އެންމެ 8 ފަހަރުކަން ފާހަގަކޮށްލެވެއެވެ. 

މިއީ މި ޖެނުއަރީ ޓްރާންސްފަރގައި އެވަޓަންއަށް ގުޅެން ނިންމި ދެވަނަ ކުޅުންތެރިޔާއެވެ. އެވަޓަންއިން ވަނީ ޗާލްޓަންގެ ޒުވާން ފޯވާޑް ލުކްމަން މީގެ ދެދުވަސް ކުރިން ސޮއިކުރުވާފައެވެ.