ބެޑްމިންޓަން

ތިމަރަފުށީގައި އަޅާ ބެޑްމިންޓަން ކޯޓު އަންނަމަހު ހުޅުވާނެ !


ތ.ތިމަރަފުށީގައި އަޅަމުންދާ ޒަމާނީ ފެންވަރުގެ ބެޑުމިންޓަން ކޯޓްގެ މަސައްކަތް މުޅިން ނިންމައި އަންނަ މަހުގެ ތެރޭގައި އެތަން އާއްމުންނަށް ހުޅުވާލާނެކަމަށް ތިމަރަފުށީ ޔޫތު ސެންޓަރުން ބުނެފިއެވެ. 

އެ ސެންޓަރުގެ ހިންގެވުމާ ހަވާލުވެ ހުންނެވި އަޙްމަދު ނާޞިރު ވިދާޅުވީ ޔޫތް މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރައްވައިގެން އަޅާ މި ބެޑްމިންޓަން ކޯޓްގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ތިމަރަފުށީ ޔޫތު ސެންޓަރ ގުޅިގެން ތިމަރަފުށީގައި ބެޑްމިންޓަން އެކަޑަމީއެއްވެސް މިހާރު ޤާއިމުކޮށްފައިވެއެވެ. 

މިއަހަރު ބާއްވާ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ހުރިހާ އުމުރު ފުރައެއްގައި ތިމަރަފުށިން ވާދަކުރާނެކަމަށާ، އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށް ތިމަރަފުށި ޔޫތް ސެންޓަރުން ބުނެއެވެ.