ރޭގެ މެޗްގައި ހިނގާދިޔަ ކަންތައްތަކަށް ވެގްނާ މަޢާފަށް އެދިއްޖެއެވެ. ބާންލީ އަތުން ދެލަނޑު އެއްލަނޑުން މޮޅުވި މެޗަށްފަހު އާސެނަލްގެ ކޯޗް އާސެނަލް ވެންގާ ބުނީ މެޗްގެ ފޯތު އޮފިޝަލާ ދިމާލަށް އޭނާ ބުނީ ބޭއަދަބީ ބަހެއް ނޫން ކަމަށާއި ނަމަވެސް ރެފްރީއަކާ ދިމާލަށް އެއްވެސް އެއްޗެއް ބުނުމަކީ ގޯހެއްކަން އިނގޭ ކަމަށެވެ. އަދި އެކަމަށް މަޢާމަށް އެދޭކަމަށްވެސް ވެންގާބުންޏެވެ.
މެޗްގެ އިތުރު ވަގުތުގައި ބާންލީއަށް ޕެނަލްޓީއެއް ލިބުމުން ވެންގާވަނީ ފޯތު އޮފިޝަލާ ޒުވާބުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ވެންގާ ބެންޗުން ފޮނުވާލިކަން ފާހަގަކޮށްލެވެއެވެ. ވެންގާ ބެންޗުން ފޮނުވާލަން އުޅުމުގެ ތެރޭގައި އޭނާ ވަނީ ފޯތު އޮފިޝަލް ކޮށްޕާލާފައެވެ. މިކަމުގެ ސަބަބުން ވެންގާއަށް ސަސްޕެންޝަނެއް އައުމަކީ ކައިރިކަމެކެވެ.
2012ވަނަ އަހަރު ނިއުކާސަލްގެ ކޯޗް އެލަން ޕާޑިއު އެސިސްޓެންޓް ރެފްރީ ކޮށްޕާލުމުން އޭނާ ވަނީ ދެމެޗަށް ސަސްޕެންޑްކޮށް ޖޫރިމަނާކޮށްފައެވެ. ޕްރިމިއަރ ލީގުގައި އާސެނަލް ރޭ ބާންލީގެ މައްޗަށް ކުރިހޯދީ ދެލަނޑު އެއްލަނޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު ޖަގާ އާސެނަލްއަށް ލީޑު ހޯދަދިނީ ޑިފެންޑަރ މުސްތާފީއެވެ. ދެވަނަ ހާފްގައި އާސެނަލްގެ ޝާކާއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއިރު އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބާންލީ ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުން މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި އާސެނަލްއަށް ކާމިޔާބުކޮށްދިނީ ސަންޗޭޒްއެވެ. ސަންޗޭޒްގެ މިލަނޑަކީވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރިލަނޑެކެވެ. މެޗުން މޮޅުވެ އާސެނަލްވަނީ ދެވަނައަށް ޖެހިލާފައެވެ.