ޚަބަރު

މީހަކު ނެތް ލޯންޗެއް އޮޔާ ދަނިކޮށް ފެނިއްޖެ


މީހަކު ނެތި ކަނޑުމަތިން އޮޔާ ދަނިކޮށް ލޯންޗެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކ. ގިރާވަރު 4 މޭލު ބޭރުން އަލިހުރަސްކަނޑު ތެރެއިން ލޯންޗެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 7:15 ހާއިރުކަމަށެވެ. އަދި 26 ފޫޓުގެ "ސަހާ ސްޓާރ" ނަމަކަށްކިޔާ މިލޯންޗު އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނުނުއިރު، އެ ލޯންޗުގައި އިންޖީނެއް ނެތްކަމަށާއި އައި ލޯންޗު ވަނީ ވަރަށް ބޮޑަށް ދިޔަވެފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މި ލޯންޗު ފެނުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.