ކުޅިވަރު

ނޭޕާލްގެ މައްޗަށް އީރާން ކުރި ހޯދައިފި


އޭޝިއަން ސެންޓްރަލް ޒޯން ކޮލިފިކޭޝަންގައި ނޭޕާލްގެ މައްޗަށް އީރާނުން ކުރި ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި މިހާރު ކުރިޔަށްދާ 2018 އެފް.އައި.ވީ.ބީ ވިމެންސް ވަރލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފިކޭޝަންގައި އީރާން ޓީމް ނޭޕަލްގެ މައްޗަށް ކުރިހޯދީ ސީދާ 3 ސެޓުންނެވެ. މެޗްގެ ތިން ސެޓުވެސް އީރާން ޓީމް ކާމިޔާބުކުރީ 25-12 ނެވެ. މިމުބާރާތުގެ ފުރަތަމަ މެޗްގައި ނޭޕާލް ވަނީ ދިވެހިރާއްޖޭގެ މައްޗަށް ކުރި ހޯދާފައެވެ. އެމެޗް ނޭޕާލް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

އެފްއައިވީބީ ވޯލްޑް ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އޭޝިއަން ސެންޓްރަލް ޒޯން ކޮލިފިކޭޝަންގައި މާދަމާ ހަވީރު ބައްދަލުކުރާނީ ދިވެހި ރާއްޖެއާއި އިރާނެވެ.