އެފް.އައި.ވީ.ބީ ވިމެންސް ވަރލްޑް ވޮލީބޯލް ޗެމްޕިއަންޝިޕް ސެންޓްރަލް ޒޯން ކޮލިފިކޭޝަންގައި ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެއެވެ.
މިއަދު ރާއްޖެއާއި އިރާން ވާދަކުރި މެޗް އިރާން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ފުރަތަމަ މެޗް އިރާނުން ކާމިޔާބުކުރީ 25-04 ނެވެ. ފުރަތަމަ ސެޓް ތަފާތުބޮޑުކޮށް ދިޔަނަމަވެސް ދެވަނަ ސެޓުގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ދެވަނަ ސެޓް އިރާން ގެންދިޔައީ 25-12 ނެވެ.
ތިންވަނަ ސެޓުގައި ރާއްޖެއިން ވަނީ ފުރަތަމަ ދެ ސެޓަށްވުރެ ކުޅުން ރަނގަޅުކޮށްފައެވެ. ތިންވަނަ ސެޓުން އިރާން މޮޅުވީ 25-15 ނެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުންވެސް ރާއްޖެ ބަލިވީ ތިން ސެޓުންނެވެ.
އަނެއްކޮޅުން މިއަދުގެ މެޗުން މޮޅުވި އިރާން ވަނީ އިއްޔެ ނޭޕާލް އަތުންވެސް ސީދާ ތިން ސެޓުން މޮޅުވެފައެވެ.
އިރާން ވަނީ މިއާއެކު ކޮލިފިކޭޝަންގެ ދެވަނަބުރަށް ދަތުރުކޮށްފައެވެ.