ކުޅިވަރު

އެމްބީއޭކަޕްގެ ދެ ވަނަ މެޗް ސްޓްރިންޖާރސް ކާމިޔާބުކޮށްފި


3 ވަނަ އެމްބީއޭ ކަޕްގެ ދެ ވަނަ ޑިވިޝަންގެ ދެވަނަ މެޗް ސްޓްރިންޖާރސް ބާސްކެޓް ބޯލް ކުލަބް ކާމިޔާބުކޮށްފިއެވެ. މިމެޗް ސްޓްރިންޖާރސް ކާމިޔާބުކުރީ ރެޑް ވިންގްސްއާ ވާދަކޮށް 75 ޕޮއިންޓް 50 ޕޮއިންޓުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ ސްޓްރިންޖާރސް ބާސްކެޓް ބޯލް ކުލަބްގެ މުހައްމަދު ޒަބީހު ތަޢުފީގެވެ. ޒަބީހު ވަނީ ސްޓްރިންޖާރސްއަށް 27 ޕޮއިންޓް ހޯދާދީފައެވެ. މެޗުގައި ރެޑް ވިންގްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ޔާފިޢު އިބްރާހީމް އާދަމްއެވެ. ޔާފިޢު ވަނީ ރެޑް ވިންގްސްއަށް 14 ޕޮއިންޓް ހޯދާދީފައެވެ. 

މިމުބާރާތުގެ ފުރަތަމަ މެޗް ކާމިބުކޮށްފައިވަނީ އެލްޓީ ސްޕޯޓްސް ކުލަބެވެ. މިމުބާރާތުގެ ދެ ވަނަ ޑިވިޝަންގައި 6 ޓީމް ވާދަކުރެއެވެ. އަދި ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގައި 4 ޓީމް ވާދަކުރުމަށް ހަމަޖެހިފައިވާއިރު އަންހެން ބައިގައި ވާދަކުރާނީ 3 ޓީމެވެ.  

މުބާރާތުގެ އަންހެންބައި ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ. ދެ ވަނަ ޑިވިޝަންގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 26 ވަނަ ދުވަހުގެރެއެވެ.