ކުޅިވަރު

ޗެރިޓީ ޝީލްޑް މެޗު މާޒިޔާ ތިންވަނަ ފަހަރަށް ކާމިޔާބުކޮށްފި


ކްލަބް ވެލެންސިޔާގެ މައްޗަށް ކުރި ހޯދާ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗް ވިދިވިދިގެން ތިންވަނަ ފަހަރަށް މާޒިޔާއިން އުފުލާލައިފިއެވެ.

ސީޒަން ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު ޗެރިޓީ ޝީލްޑް މެޗް މާޒިޔާ ކާމިޔާބުކުރީ ކްލަބް ވެލެންސިޔާގެ މައްޗަށް އެއް ލަނޑު ސުން ލަނޑުން ކުރި ހޯދައިގެންނެވެ. މެޗްގައި މާޒިޔާގެ ހަމައެކަނި ލަނޑު މެޗްގެ ހަތްދިހަ އެއްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބުދުﷲ އެވެ. މިލަނޑު އަސަދުﷲ ޖެހީ ލިބުނު ހިލޭޖެހުމެއް ފާރައަށް އެތުރިގެންތިބި ވެލެންސިޔާގެ ކުޅުންތެރިންގެ ތެރެއިން ދިއުމުން އަސަދުﷲ ކުރިއަށް ނިކުމެއެވެ. މެޗުގެ އިތުރު ވަގުތުގައި މުހައްމަދު އުމެއިރު ދިން ހިތްގައިމު ބޯޅަ އަސަދުﷲއަށް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. އެބޯޅަ އަސަދުﷲ ފޮނުވާލުމުން ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މުޅި މެޗުގައިވެސް ވެލެންސިޔާއަށް މާޒިޔާގެ ގޯލަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މާޒިޔާގެ މުޙައްމަދު އުމެއިރެވެ.

މި މެޗުން ލިބުނު ފައިސާ މާޒިޔާއިން ހަދިޔާކޮށްފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށާއި، ކުޑަކުދިންގެ ހިޔާއަށެވެ. ވެލެންސިޔާއިން އެހީ ދިނީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއަށާއި، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށެވެ. މީގެ އިތުރުން އެފް.އޭ.އެމުން ވަނީ ފައިސާގެ އިނާމް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް) އަށް ހަދިޔާކޮށްފައެވެ. 

މި ސީޒަންގެ ފުރަތަމަ މެޗްގައި މި މިމަހުގެ ސައުވީސްވަނަ ދުވަހު ހަވީރު މާލޭ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ވާދަކުރާނީ ކްލަބް އީގަލްސްއާއެވެ.