ކުޅިވަރު

ޓީޓީ ޗެމްޕިއަންޝިޕްގެ ބައެއް އިވެންޓްތައް ނިމިއްޖެ


26 ވަނަ ޓީޓީ ޗެމްޕިއަންޝިޕްގެ ބައެއް އިވެންޓްތައް ނިމި ޗެމްޕިއަނުން ކަނޑައެޅިއްޖެއެވެ.

މުބާރާތުގެ 12 އަހަރުން ދަށާއި، 9 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޗެމްޕިއަންކަން ހޯދީ ދެވްމިތް ވީރްސޭނާއެވެ. 12 އަހަރުން ދަށުގެ ފައިނަލްގައި އޭނާ ވާދަކުރީ އަބުދުއްރަހުމާން ބިން ހަސަންއާއެވެ. 9 އަހަރުން ދަށުގެ ފައިނަލްގައި އޭނާ ވާދަކުރީ ސެތިހު ދިންސާރާއާއެވެ.

12 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގެ ޗެމްޕިއަންކަން ހޯދީ ދިޔާމް ސިފާހު ސައިދުއެވެ. ދެވަނަ ހޯދީ ޒުބާ އަހުމަދު ރިޔާޒްއެވެ. 9 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ މިޝްކާ މުޙައްމަދު އިބްރާހީމްއެވެ. ފައިނަލްގައި މިޝްކާ ވާދަކުރީ އައިޝަތު ޒާރާ ސާހިލްއާއެވެ. 

މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ރަފާ ނާޒިމްއާއި، މުޙައްމަދު ޒީސްތު ނަސީމްގެ ޕެއަރއެވެ. ފައިނަލްގައި އެދެކުޅުންތެރިން ވާދަކުރީ އައިޝަތު ފަދުވާ ރަޝީދާއި މޫސާ މުންސިފްގެ ޕެއަރއާއެވެ. 

18 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ރަފާ ނާޒިމްއާއި، ލައިޝާ ފަތުހުﷲ އިސްމާއީލްއެވެ. ފައިނަލްގައި އެދެކުޅުންތެރިން ވާދަކުރީ ފާޠުމަތު މަލޫޝާ މުއާޒްއާއި، އައިމިނަތު މަލީޝާ މުއާޒްގެ ޕެއަރއާއެވެ.

2 ވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ލި ނިންގއާއި މުޙައްމަދު ނަފީލްއެވެ. ދެވަނަ ހޯދީ ނުވާން އަނޫޖާއާއި މުޙައްމަދު ރާފިއުގެ ޕެއަރއެވެ.