ގްރޫޕް ސްޓޭޖް ފަހު މެޗަށް މާދަމާ ނިކުންނައިރު އަނިޔާގެސަބަބުން ދެކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކަޕްގެ ގްރޫޕް ސްޓޭޖް ފަހު މެޗްގައި ޓީސީ މާދަމާ ހަވީރު ވާދަކުރާނީ ކޮރެއާގެ ޕޮޗެއޯން އެފްސީއާއެވެ. ސެމީފައިނަލުންމިހާރުވެސް ޖާގަ ހޯދާފައިވާ ޓީސީއިން މިމެޗަށްވެސް ނިކުންނާނީ މެޗް ކާމިޔާބުކުރަންކަމަށް ނިޒާމް ބުންޏެވެ. އަނިޔާގެ ސަބަބުން މާދަމާގެ މެޗްގައި ޓީމްގެ ކެޕްޓަން އަލީނާފިޢު އަދި ޑިފެންޑަރ އިމްޝާދަށް ނުކުޅެވޭނެ ކަމަށް ނިޒާމް ބުންޏެވެ. ނަމަވެސް ޓީމުގެ އެންމެ ތަޖުރިބާކާރު ދެކުޅުންތެރިން ކަމަށްވާ ޝަމްވީލް ޤާސިމް އަދި ޔާމިން މާދަމާގެ ފުރަތަމަ އެގާރައިން ފެންނާނެ ކަމަށްވެސް ނިޒާމް ބުންޏެވެ. މި ދެކުޅުންތެރިންނަކީވެސް މުޅިން ފިޓްނުވާތީ ފުރަތަމަ ދެމެޗްގެވެސް ފުރަތަމަ އެގާރައިން ނުފެންނަ ދެކުޅުންތެރިންނެވެ.
ޓީސީގެ ތާރީޚުގައި އެކްލަބް ވާދަކުރާ ބައިނަލްއަޤްވާމީ ފުރަތަމަމުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައިވާއިރު އެޓީމްވަނީ ގްރޫޕް ސްޓޭޖްގައިކުޅުނު ފުރަތަމަ ދެމެޗް ކާމިޔާބުކޮށްފައެވެ. ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީ ފުރަތަމަ މެޗްގައި އެއްލަނޑު ސުންލަނޑުން ބަލިކުރިއިރު ދެވަނަ މެޗް ޓީސީ ކާމިޔާބުކުރީ ކިރިގިސްތާންގެ އަލްގާ ބިޝްކެކްގެ މައްޗަށް ޓީސީ ކުރިހޯދީ ދެލަނޑު އެއްލަނޑުންނެވެ. މާދަމާ ޕޮޗެއޯން އެފްސީއާ ދެކޮޅަށް ޓީސީ ނިކުންނައިރު މިމެޗްއެއްވަރުކޮށްލައިގެންވެސް ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ޓީސީއަށް ވަނީ ލިބިފައެވެ.
ޓީސީއާ ޕޮޗެއޯން އެފްސީ ވާދަކުރާ މެޗް މާދަމާ ފަށާނީ މާލެ ގަޑިން ހަވީރު ހަތަރެއް ޖަހާއިރުއެވެ.