ކުޅިވަރު

ސަޕޯޓަރުން ވެންގާގެ އިސްތިޢުފާއަށް ގޮވައިފި


ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކް އަތުން ބޮޑު ތަފާތަކުން ބަލިވެ މުބާރާތުން ކެޓުމުން އާރސެނަލްގެ ވަރަށް ގިނަ ސަޕޯޓަރުން ސަޕޯޓަރުން ކޯޗް އާރސެން ވެންގާގެ އިސްތިޢުފާއަށް ގޮވާ އަޑު އުފުލާފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ރޭ އާރސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅެ ފަސް ލަނޑު އެއް ލަނޑުން އާރސެނަލް ބަލިވި މެޗަށްފަހު އާރސެނަލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެމިރޭޓްސް ސްޓޭޑިއަމްގެ ބޭރުގައި ކޯޗް އާރސެން ވެންގާގެ އިސްތިއުފާއަށް ގޮވާ ޓީމަށް ބަދަލެއް ބޭނުންވާކަމަށް ބުނެ އަޑު އުފުލާފައެވެ. މެޗް ކުޅެމުންދިޔަ ގަޑީގައިވެސް ދަނޑު ތެރޭގައި ސަޕޯޓަރުން ވަނީ ވެންގާގެ އިސްތިއުފާއަށް ގޮވާފައިވާ ބެނާތައް ދަމާފައެވެ. މީގެ އިތުރުން ދަނޑު ތެރޭގައިވެސް ސަޕޯޓަރުން ވަނީ ވެންގާގެ އިސްތިޢުފާއަށް ގޮވާ ޓީމަށް ބަދަލެއް ބޭނުންވާކަމަށް ބުނެފައެވެ. 

މީގެ ކުރިން ލީގުގެ ބައެއް މެޗްތަކުގައިވެސް ސަޕޯޓަރުން ވަރަށް ބޮޑަށް ވެންގާއާ ދޭތެރޭ ހިތްހަމަ ނުޖެހި ޓީމަށް ބަދަލެއް ގެނައުމަށް އާރސެނަލްގެ ބޯޑަށް ބާރު އަޅަމުން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އާރސެނަލްގެ ބޯޑުން މި ސީޒަނަށްފަހު ވެންގާގެ ބަދަލުގައި އެހެން ކޯޗެއް ގެންނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. 

އުމުރުން 67 އަހަރުގެ ވެންގަރ އާރސެނަލްގެ ކޯޗުކަމާ ހަވާލުވީ 1996 އަހަރުއެވެ. އޭނާ އާރސެނަލްގެ ކޯޗުކަމުގެ މަޤާމުގައި ހުންނަތާ މިހާރު 20 އަހަރު ވެއްޖެއެވެ.