ކުޅިވަރު

އެފްއޭއެމުން ހިންގާ މުބާރާތްތައް މުއްދަތެއް ނެތްގޮތަށް ފަސްކޮފި


އެއްވެސް މުއްދަތެއް ނެތްގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރާވާ ހިންގާ މުބާރާތްތައް ފަސްކޮށްފިއެވެ. 

މިރޭ 1 ޖަހާ އެހާކަންހާއިރު އެފްއޭއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިވަގުތު ރާއްޖޭގައި ފެތުރެމުންދާ H1N1 ވައިރަހާ ގުޅިގެން ރާއްޖޭގެ އެލާޓް ލެވެލް ތިނަކަށް ގޮސްފައިވާކަން މިނިސްޓްރީ އޮފް ހެލްތުން  ޢިއުލާންކޮށްފައި ވާތީ، އެ އެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތަކުގެ ތެރެއިން މާލޭ ލީގާއި، ހުރިހާ ޢުމުރުފުރާތަކެއްގެ  އިންޓަރސްކޫލް މުބާރާތާއި މިނިވަން ޗެމްޕިއަންޝިޕް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މުބާރާތްތައް ފަށާނެ ތާރީޚެއް ފަހުން ޢިއުލާން ކުރައައްވާނެ ކަމަށްވެސް އެފްއޭއެމުން ނެރުނު ނޫސްބަޔާނުގައިވެއެވެ.