ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ޖަރުމަނުގެ ޗެމްޕިއަން ބެޔާން މިއުނިކާ ވާދަކުރަން ޖެހިއްޖެއެވެ.
ރެއާލް މެޑްރިޑަކީ ޔޫރަޕުގެ އެންމެ ކާމިޔާބު ކްލަބަށްވާއިރު ބެޔާން މިއުނިކަކީވެސް މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ކްލަބެވެ.
މިއަދު ނެގި ގުރުއަތުލުން ދައްކާގޮތުން ސްޕެއިންގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާޔަށް ވާދަކުރަންޖެހޭނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާއެވެ.
އިނގިރޭސި ޗެމްޕިއަން ލެސްޓަރ ސިޓީއަށް ފަހު އަށެއްގައި ވާދަކުރަންޖެހޭނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއެވެ.
ބޮރޫޝިޔާ ޑޯޓްމުންޑަށް ސެމީގެ ޖާގައެއް ހޯދުމަށް ވާދަކުރަންޖެހޭނީ ފްރާންސްގެ މޮނާކޯއާއެވެ.