ކުޅިވަރު

ނައިފަރު ވޮލީ ބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ލިޔޯން ހޯދައިފި


ޅ ނައިފަރުގައި މިއަދު ިމުނު ރައީސް ޔާމީން 2018 ވޮލީ ބޯލް ޗެލެންޖްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ލިޔޯން ޓީމް ހޯދައިފިއެވެ.

ފައިނަލްގައި ބޭންކު ކަންމަތީ ޓީމާ ވާދަކޮށް ލިޔޯން މެޗް ކާމިޔާބުކުރީ ތިން ސެޓްއެއްސެޓުންނެވެ. މެޗްގެ ސެޓްތައް ލިޔޯން ގެންދިޔައީ ފުރަތަމަ ސެޓް 22-25 އިން ބޭންކް ކަންމަތީ ޓީމް ހޯދާފައުވަނިކޮށް ފަހަތުން އަރާ ޖެހިގެން އައި ތިން ސެޓް 17-25، 25-27 އަދި 23-25 ކާމިޔާބުކޮށްގެންނެވެ. 

ފައިނަލްމެޗްގެ އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިޔޯން ޓީމްގެ ފާތިމަތު ޖޫޒާން ޒަރީރުއެވެ. އަންހެން ޑިވިޝަންގެ ޑްރީމް ޓީމްގައި ހިމެނެނީ ލިޔޯން ޓީމްގެ ދިނޭޝާ ޕްރެސަމަދާނީ، ފާތިމަތު ޖޫޒާން، އައިޝަތު މާޖިދާ، ބޭންކް ކަންމަތީޓީމްގެ އަނޫޝާ ސަންދިމާލީ، ޚަލީމަތު ސަމާ، އަދި ފަރަހާނާޒް ނައީމްއެވެ.

 އަންހެން ޑިވިޝަންގެއެންމެ މޮޅު ކޯޗަކަށް ހޮވުނީ ލިޔޯން ޓީމްގެ ކޯޗް ހާމިދު އަހުމަދުއެވެ. މުބާރާތުގެ ޗެމްޕިއަންޓީމަށް 25،000 ރުފިޔާ ދިންއިރު ރަނަރަޕް ޓީމަށްވަނީ 10،000 ރުފިޔާދީފައެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ޖީޖީ ސްޕޯޓްސްއެވެ.