ޚަބަރު

އޮފީސް ޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި


ނާޝަނަލް ސެންޓަ ފޮރ ދި އާރޓްސް، (އެންސީއޭ) އިން އިންތިޒާމްކުރައްވައިގެން ކުރިއަށްގެންދަވާ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ސުންގަޑި އިތުރުކުރައްވައިފިއެވެ.މިކަމާގުޅޭގޮތުން ޕީއެސްއެމް އަށް މަޢުލޫމާތުދެއްވަމުން އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރު އޢަބްދުﷲ މުޢާޒު ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކުރެއްވީ، ގިނަ އޮފީސްތަކަކުން އަދިވެސް މުބާރާތުގައި ބައިވެރިވުމަށް އެދެމުންދާތީކަމަށެވެ. އަދި މުބާރާތުގައި، ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ ފަރާތަކަށްވެސް ފުރުޞަތުދެއްވަން ނިންމާފައިވާކަމަށް މުޢާޒް ވިދާޅުވިއެވެ.އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމަށް ކުރިން ހުޅުވާލި ސުންގަޑި ހަމަވެފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.12 އަހަރުގެ މެދުކެނޑުމަކަށްފަހު 2014 ވަނަ އަހަރު މިމުބާރާތް އަލުން ފެށިފަހުން މިއީ މިގޮތަށް ބާއްވާ ތިންވަނަ މުބާރާތެވެ.