ޚަބަރު

ސޯސަންވިލާގައި ޚަތިމްކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަވައިފި


ސްރީލަންކާގެ ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގެ ތިންވަނަ އަހަރީދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ޤްރުއާން ޚަތިމް ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަވައިފިއެވެ.

އެމް.އީ.ސީ.ސީގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ކުރިޔަށް ގެންދެވި ޤްރުއާން ޚަތިމުކުރުމުގައި ޕްރޮގްރާމްގައި އެމަރުކަޒުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިންގެ އިތުރުން އެމް.އީ.ސީ.ސީގެ ޤާރީ ކޯސް ނިންމަވާފައިވާ ބައެއް ބައިވެރިން ބައިވެރިވެފައިވެއެވެ. ތިން ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްދިޔަ މި ހަރަކާތުގައި ޖުމްލަ ފަސްދޮޅަސް ފަސް ބައިވެރިން ކިޔަވާފައިވާކަމަށް އެމް.އީ.ސީ.ސީން މައުލޫމާތުދެއްވައެވެ.

އެމް.އީ.ސީ.ސީގެ އަހަރީދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ސްޕޯޓްސް މީޓަކާ އަންހެން ކަނބަލުންގެ ހޭންޑް ބޯލް މުބާރާތަކާއި ފިރިހެން ފުޓްސެލް މުބާރާތެއްވެސް ބާއްވާފައިވާކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.

img:http://s3.psmnews.mv/images/660x400/14900234067899.jpg|ސޯސަންވިލާގައި ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތުގެ ތެރެއިން / ފޮޓޯ: ސޯސަންވިލާ

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މި ސަރުކާރުން ހުޅުވާދެއްވި މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި ނާސަރީން ފެށިގެން ގްރޭޑް ދިހަޔަކަށް ދިވެހި އިސްލާމް އަދި ޤުރުއާން ކިޔަވާދޭ ކުލާސްތައް ހިމެނެއެވެ. އަދި ބޮޑެތި މީހުންނަށް ޤާރީ ކޯސްތަކާއި އިނގިރޭސި ކޯސްތައްވެސް ހިންގަވައެވެ. އެމް.އީ.ސީ.ސީގައި މިހާރުވެސް 517 ދަރިވަރުން ކިޔަވަމުންދެއެވެ.